މިތަނުން ރީތި އަންހެނަކު ނުލިބުނުތާންގައި ޕްލާސްޓިކް ބާ ކޮތަޅުގަނޑެއްވެސް މިނިކަމެތި އަޅުގަނޑަށް ނުލިބުނީތާއެވެ.

21 06 2012

މިތަނުން ރީތި އަންހެނަކު ނުލިބުނުތާންގައި ޕްލާސްޓިކް ބާ ކޮތަޅުގަނޑެއްވެސް މިނިކަމެތި އަޅުގަނޑަށް ނުލިބުނީތާއެވެ.

ޢަބްދުލްޖަލީލު ޙުސައިން (ޖައްލޭ

2012 ޖޫން 22

ވެހެމުން ދިޔަ ބޯވާރޭގެ ތެރޭގައި އަޅުގަނޑު ހިނަގަމުން ދިޔައީ އެއްވެސް މިސްރާބެއް ނެތިއެވެ. އެގޮތް މިގޮތަށް ފެންގަނޑުތަކުގެ ތެރޭގައި އޮޔާލާ ދެމެމުން ދިޔަ ސުޕާރީ ކޮތަޅުތަކާއި ސިނގިރެޓް ފިލްޓަރު ތަކަށް ސަމާލުކަންދީގެނެވެ. ކީއްވެގެން ކަމެއްނޭންގެއެވެ. އަޅުގަނޑުގެ ޚިޔާލުގެ ނައު ދަތުރުކުރަމުން ދިޔައީ މިވިއްސާރައިގެ ތެރޭގައި ގަނދަކަނޑެއްގެ ތެރޭގައެއް ނޫނެވެ. އުފާވެރިކަމާ ބާއްޖަވެރިކަމުން ފުރިގެންވީ ރީތި މާބަނީޗާއެއްގެ ތެރޭގައެވެ. މަގުމަތީގައި ހިނގަމުންދިޔަ އެއްވެސް ކަމެއް އަޅުގަނޑަކަށް އިހުސާސެއް ނުކުރެވެއެވެ.

ކުއްލިޔަކަށް އަޅުގަނޑުގެ ސަމާލުކަން ދަމައިގަތީ އަންހެން ކުއްޖެއްގެ ވޭނީ ހަޅޭކުގެ އަޑަށެވެ. ހޭވެރިކަންވެ ފަރާތްފަރާތް ހޯދާލެވުނެވެ. އަސްތާ! ކަމަކުދާކަށް ނެތެވެ. އަޅުގަނޑުގެ ކުރިމަތީ އޮތް ފެންގަނޑު ތެރެއަށް ވެއްޓިފައި އޮތް އަންހެން ކުއްޖާ ފެނިފައި ހިތް ތެޅިގަތީ އޮބިނޯންނަ ވަރަށެވެ. އަޅުގަނޑަށް ހުރެވުނީއެވެ. ހަދާނެ ވަކިގޮތެއް ކުރާނެ ވަކިކަމެއް ނޭންގިފައެވެ. ރީތީ ހާދަހާއެވެ. ފުރިހަމަކަން ހީވަނީ އެހެންފަދަ ކަމެއްހެނެވެ. މަގުމަތިން އެތަންމިތަނުން މީހުންތައް އެއްވެޖެއެވެ. އެކަކު ގުދުވެފައި އެމަންޖެ ނަގައިފިއެވެ. ފުދޭވަރަށް ތަދުވިފައި ވާކަން އެމަންޖެގެ ހަރަކާތް ތަކުން އެގުނެވެ. ނަމަވެސް އެކަން ފޮރުވަން އުޅޭކަހަލަ ގޮތަކަށް ހިނގައިގަތެވެ. އެތަނުން އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު ބުނިގޮތުގައި އެމަންޖެ ވެއްޓުނީ ފެންގަޑުގެ އެއްފަރާތެއްގައި އޮތް ޕްލާސްޓިކް ކޮތަޅަކަށް އެރިގެނެވެ. ވާނީވެސް އެހެންތާއެވެ. "މިމާލޭގެ މަގުތަކުގައި އެންމެ ގިނައީ މިކަހަލަ ޕްލާސްޓިކް ކޮތަޅާއި، އެކަހަލަ ރީތި ކުދިން ވިއްޔާއެވެ."

ކޮންމެޔަކަސް ދުވަސްތަށް ވޭތުވަމުން ދެއެވެ. އަޅުގަނޑުގެ ހަޔާތް ހަމަ އާދައިގެ ގޮތެއްގައި ކުރިޔަށް ދެއެވެ. އެއްދުވަހެއްގެ ހަވީރެވެ. ގޭދޮށު ޕާކުކައިރީގައި ރައްޓެއްސަކާ ދިމާވެގެން ވާހަކަ ދައްކާލަން ތިބީމެވެ. ނަމަވެސް އަޅުގަނޑުގެ ސަމާލުކަން ހުއްޓިފައި ހުރީ ޕާކުތެރޭގައި ކުޑަކުއްޖަކު ގޮވައިގެން ކުޅެން އުޅޭ އަންހެން ކުއްޖަކަށެވެ. އެކުޑަކުޑަ ކުއްޖާއާއިއެކު ފުންމާލައި ދުވެލައި ނަށާލައި ހަދަމުން ދިޔައެވެ. އިރުއިރު ކޮޅުން އެކުއްޖާފުޅު އުރާލައެވެ. ގަޔާލާ ބޮޑިކޮށްލައެވެ. ވަރަށް އުފާވެރި ލޮބުވެތި މަންޒަރެކެވެ. އެއީހަމަ އެއްކަލަ ދުވަހު ފެންގަނޑުތެރެއަށް ވެއްޓުނު ކުއްޖާއެވެ. ހާދަހާ ރީއްޗެވެ. ހާދަހާ ފުރިހަމައެވެ. ރީތި އޮންމާން ކަޅު މޫނެކެވެ. ބޮޑު ދެލޮލެވެ. އެމޫނުގެ ފުރިހަމަކަން އިތުރުކޮށްދެނީ ވަރުގަދަ ބުޅި ދިގު އިސްތަށިގަނޑެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ދޫކޮށްލައިފައި ހުރިއިރު ހާދަހާ ފުރިހަމައެވެ. ރައްޓެހިންގެ ބަހުރުވައިން ނަމަ "މޮޅު ކަޅެކެވެ."

ފަހުން ގުޅާނެކަމަށްބުނެ ރައްޓެހި މީހާއާއި ވަކިވެގެން ޕާކުތެރައަށް ވަދެވުނީ ބޭ އިޚްތިޔާރުގައެވެ. ނަމަވެސް ހިތުގައި ވަރުގަދަ އަޒުމެއް އޮވެގެންނެވެ. މިފަހަރު މިކަން ކުރާނަމޭ ހިތުއަޅައިގެންނެވެ. އެދިޔަ ގޮތަށްގޮސް ޕާރކްގެ ގޮޑިޔެއްގައި ޖައްސާލީމެވެ. އެމަންޖެއާދިމާއަށް ބެލަހައްޓައިގެން ހުރީމެވެ. މަޑުމަޑުން އެއްކަލް "ގަޓު" ގޮތްގަނޑު ހިގައްޖެއެވެ. އަޅުގަނޑު އިގިލައްވާ ދެއްތޯއެވެ. އަބަދުވެސް ހާލަތަކީ މިއީއެވެ. ނަމަވެސް އެދުވަހު އެމަންޖެ އުޅޭގެ ހޯދީމެވެ. ވަރަށް ބޮޑުވަރު ދެއްތޯއެވެ.

އޭގެ ފަހުން އެގޭދޮށުން ބުރު ޖެހެނީ މާގިނައިންނެވެ. ބައެއްފަހަރު މިކުރެވޭ ކަމެއްގެ މޮޔަ ހިތަށް އަރައެވެ. ނަމަވެސް ބޮޑެތިކަންތައް ވާނީ އުނދަގުލުންނޭ ހިތަށް އަރުވާލާފައި ހަމަހިތްވަރު އާކޮށްލަނީއެވެ. މިގޮތުގައި ބަރާބަރު މަސްދުވަސް ވީފަހުން އެއްދުވަހަކު ފިހާރައެއްގެ ތެރެއިން މިމަންޖެ ފެނިއްޖެއެވެ. އެތައްވަރަކުން އެތައް ހަނގުރާމަޔެއް ނަފްސާއި ހިތާއި ދެމެދު ކުރުމަށްފަހު ފިހާރަތެރެއަށް ވަދެފީމެވެ. ފައިވާންތަކަށް ބަލާކަމަށް ހަދަމުން ގޮސް ހުއްޓި ފައިވާނެއް ނަގައިފީމެވެ. އެފުއްމިފުށާ ޖަހައި ބަލައިލީމެވެ. އޭރުވެސް އަޅުގަނޑުގެ ސަމާލުކަން ހުރީ ފިހާރައިގެ އެތަން މިތަނަށެވެ. އެމަންޖެ ނުފެނިގެންނެވެ. ފިހާރައިގައި މަސައްކަތްކުރާ ބޭރު މީހަކު އަންހެން ފައިވާނެއްތޯ ހޯދާލަނީ ސުވާލުކުރުމުން އަޅުގަނޑު ހައިރާންވިއެވެ. އަދި ސުވާލުގެ ނަޒަރަކުން ބަލާލެވުނެވެ. އަސްތާއެވެ. ކަމަކުދާކަށްނެތެވެ. އަޅުގަނޑަށް މިހުރެވުނީ އަންހެން ފައިވާނެއް ނަގައިގެންނެވެ. ދެން އޮޅުވާލާނަމޭ ހިތައި އާނ! މަށަށް މި ހެޔޮވަރުވާނެ ދޯއޭ ބުނެލީމެވެ. ފަހަތަށް އެނބުރި ހިނގައިގަނަން ބަލައިލިއިރު އެއްކަލަ މަންޖެ މިހުރީ އަޅުގަނޑުގެ ފަހަތުގައެވެ. ދެއްކިވާހަކަ އިވޭ ހިސާބުގައެވެ. ވާނުވާއެއް ނޭންގި އަޅުގަނޑަށް ހިނގައިގަނެވުނީއެވެ. އެމަންޖެ އަޅުގަނޑަށް ބަލާލިއެވެ. ނަމަވެސް އަޅުގަނޑުގެ ހިތް ތެޅިގަތްލެއް ބާރުކަމުން މޫނަށްވެސް ބަލާލާކަށް ނުކެރުނެވެ.

މިހެން މިކަންތައް ހިނަގަމުން ދިޔައެވެ. ދުނިޔެއިން ދުވަހެއް އުމުރުން ދުވަހެއް ވޭތުވަމުން ކުރިޔަށް ދިޔައެވެ. އަޅުގަނޑުގެ ހާލުހަމަ ހުރީ އެކަހަލަ ގޮތަކަށެވެ. އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. މިގޮތުގައި ދުވަސްތަ ވޭތުވަމުން ދިޔައިރު އަޅުނޑަށް ލިބުނު އެންމެ ބޮޑުހިތް ހަމަޖެހުމަކީ އެމަންޖެ ފިރިހެނެކާއެކު ބޭރުތެރެއިން ނުފެންނަކަމެވެ. އުންމީދުކުރީ ހަމަ މާބުރެއްގެ އިންތިޒާރުގަ ހުސްކޮށްހުރި ފިނިފެންމަލަކަށް އެމަންޖެ ވާނެކަމަށެވެ. މިއުފާވެރިކަން އިތުރުވީ އެމަންޖެ ދިރިއުޅޭގޭގައި އަޅުގަނޑުގެ ރައްޓެއްސެއް އުޅޭކަން އެގުނު ހިސާބުންނެވެ. އުންމީދުތަށް އާވިއެވެ. އެމަންޖެއާއެކު ސައިކަލު ދުއްވާލައި ކޮފީބޯލާ ހަދާލާ މަންޒަރު ފެންނަކަހަލައެވެ. ހަނީމޫން ހަދާލަން އަވެއްޓެރި ގައުމެއްގައި ވަގުތުތައް ހޭދަކުރަމުންދާ މަންޒަރު ފެންނަނީ އަކީ މަދެއްކޮށެއް ނޫނެވެ. މިފަދަ ކިތަންމެ ފޮލާއެއް އަޅުގަނޑުގެ ޚިޔާލުގެ ގޭސް އުނދުނުގައި ކެއްކީމެވެ.

ވަރަށް ވަރުން މިބުނާ ރައްޓެހި ކުއްޖާ ގޮވައިގެންގޮސް މާލޭގެ ރަނގަޅުފެނަވަރުގެ ރެސްޓޯރަންޓަކުން ކާންދީ ހަދާފައި އަޅުގަނޑުގެ އަސްލުމަޢުޟޫއަށް ޖެހެލީމެވެ. އެތައް ވާހަކައެއް ދެއްކީމެވެ. ކަންކަން ވަމުންދިޔަގޮތް ކިޔާދިނީމެވެ. އެންމެ ފަހުން އަޅުގަނޑުގެ ލޯބީގެ ގަނޑުވަރު އަޅާނެ ބިންހޯދުމަށް ވަކާލާތުކޮށް ސިއްރު މައުލޫމާތު ބަދަލުކުރާނެ ވަކީލެއްގެ މަގާމަށް އޭނާ ހަމަޖައްސައިފީމެވެ. އަގަކީ، އުސްތާޒު މުޙައްމަދު ޖަމީލުގެ ބަހުންނަމަ "މިކަން ވެއްޖެނަމަ ގުސައެއް..ނުވެއްޖެ ނަމަ ކިރުސަޔެއް…ދުވަސްކޮޅަކުން ދަރި އާސަޔެއް…" ކަމުގައި ހަމަޖެއްސީމެވެ.

ވަކީލު ބަރާބަރަށް މަޢުލޫމާތު ފޯރުކޮށްދީ އޭނާގެ ވަކީލުކަމުގެ ވާޖިބުތައް އަދާކުރެއެވެ. ވަރަށް ބޮޑު ކުރިއެރުމެއްވެސް ލިބުނެވެ. އެމަންޖެ އާއި ވާހަކަ ދައްކާލާ އުޅެވެން ފަށައިފިއެވެ. އެހެންނަމަވެސް އެހާ އެކުވެރިއެއް ނޫނެވެ. އަޅުގަނޑުގެ ޖެހިލުންވުމާ ނުކެރުމުގެ ސަބަބުން ކުރިއެރުން ލިބޭލެއް މަޑީއެވެ.

އެއްދުވަހެއްގެ ހަވީހުގެ ވަގުތެކެވެ. އަޅުގަނޑުގެ ވަކީލުގެ ފޯނުކޯލަކަށް ވަރަށް އަވަހަށްގޮސް އޭނަޔާ ބައްދަލު ކޮށްފީމެވެ. ލިބުނު ޚަބަރަކުން އަޅުގަނޑުގެ މުޅި ދިރިއުޅުން ހަފުސްވިކަހަލައެވެ. މުޅު ދުނިޔެ އަނދިރިވެއްޖެއެވެ. އާއެކެވެ. އެމަންޖެ މީހަކާ އިންނަން ހަމަޖެހިއްޖެ ޔޯލައެވެ. އިންނަން އުޅޭސޮރު ބޭރުގައި ކިޔަވަން އުޅެފައި އެބަ އާދެޔޯލައެވެ.

ދެން އައީ ހިތާމައިގެ ދުވަސްތަކެކެވެ. އަޅުގަނޑުގެ ކަމަކީ މޮޅިސާލާ ނެއްސާލާ މިސާލާ ލައިގެން ގޭ އެނދުމަތީގައި އޮތުމެވެ. ނުވެސް ކެވެނީއެވެ. ނުވެސް ބޮވެނީއެވެ. ބޭރަށްވެސް ދާހިތް ނުވަނީއެވެ. ….ތަންކޮޅެއް ފިލްމީ ވެއްޖެ ދެތޯއެވެ… ނަމަވެސް ކުރާނެކަމެއް ނަތެވެ. މީހަމަ އަޅުގަނޑުގެ ހާލެވެ.

ކޮންމެޔަކަސް އަޅުގަނޑުގެ ވަކީލު އެމަންޖެގެ ކައިވެނި ޕާޓީގެ ދައުވަތު ކާޑު އަޅުގަނޑަށް ގެނަސްދިނެވެ. އަޅުގަނޑުމެންގެ ގެޔަކީ މާތިމާވެއްޓާ ރަހުމަތްތެރި ގެޔެކޯލައެވެ. ރަބަރު ކޮތަޅުފަދަ ތަކެތި ވެއްދުން ހަމަ މުޅިން މަނާ ވާނެއެވެ. މިކަމުން ވެސް އެންމެ ބޮޑުލަނޑެއް މިލިބުނީ އަޅުގަނޑަށެވެ. ދޮރުވާނަކަށްހުރި ބޭރުމީހާ އެދައުވަތުކާޑުގެ ބޭރުގައި ކަވަރެއްގެ ގޮތުގައި ލައިފައިއޮތް ރަބަރު ކޮތަޅުގަނޑެއްކަހަލަ އެއްޗެއް ނައްޓާލީކަމުގައި އަޅުގަނޑުގެ ވަކީލު ބުންޏެވެ. އެކާޑަށް ބަލަހައްޓައިގެން ހުރެ ހިތަމާޔާއި ލޯބީގެ ކިތަންމެ ލަވައެއްކީމެވެ. އަދި ބުނެލެވުނެވެ. މިތަނުން ރީތި އަންހެނަކު ނުލިބުނުތާންގައި ޕްލާސްޓިކް ބާ ކޮތަޅުގަނޑެއްވެސް މިނިކަމެތި އަޅުގަނޑަށް ނުލިބުނީތާއެވެ.

(ނިމުނީ)





.ފައި އޮޅެއޮޅެ ފައި ބޯކަހަނީއެވެ

18 06 2012

.ފައި އޮޅެއޮޅެ ފައި ބޯކަހަނީއެވެ

19 ޖޫން 2012

waiting

ޢަބްދުލްޖަލީލް ޙުސައިން

އެންމެ ފުރަތަމަ އަހަރެން އޭނާދުށީ މީގެ 08 ނޫނީ 09 އަހަރުކުރިންނެވެ. ފުރާވަރުގެ ދުވަސްވަރުގައެވެ. އޭރު އަދި އޭނަ ކުޑައެވެ. އެކަމަކުވެސް ހާދަ ރީއްޗެވެ. ގޭދޮށުމަންޖެއެކެވެ. އެހެންވަމައި މާކަ އުދަގުލަކާނުލައި ކޮންމެ ދުވަހަކުވެސް ފެނެއެވެ. ސްކޫލަށްދާގަޑީގައި ޓިއުޝަނަށްދާގަޑީގައި އެމަންޖެ ފެނެއެވެ. ޚާއްޞަކޮށް ގާރލްގައިޑް ޔުނީފޯރމުގައި ކޮންމެ ހަފްތާއެއްގެ ހަފްތާ ބަންދުގައި ސްކޫލަށް ދާއިރު ހާދަ ރީއްޗެވެ. އެއީދެން ވަރަށް ޚާއްޞަވަގުތެކެވެ. އެމަންޖެ ލޮލަށް ނުފެންނަދުވަހެއްނަމަ ސްޕާރީގަންނަށް ކަމަށް ހަދާފައި އެގޭދޮށު ފިހާރައަށްވެސް ދެވެނީ މާގިނައިންނެވެ. އެކަމަކު ހަމަ އެމަންޖެ ފެނުމާއިއެކު އަނެއްފަރާތައް މޫނު އަނބުރައިގެން މަތިބަލަމުން ތިރިބަލަމުން އައިސް ގެއަށް ދެމިގަނެވެނީ މީދަލެއް ބުޅަލެއް ފެނިގެން އެސޮރުގެ ހަރަށް ދެމިގަންނަހާ ހަލުވިކޮށެވެ. ކުރާނެ ކަމެއް ނެތެވެ. އާދައިގެ މަތިން ހަމަ ފެންނައިރަށް ފިނިވެ ހާސްވަނީއެވެ. ބަލަންވެސް ނުކެރެނީއެވެ. ލަދުވެސް ގަންނަނީއެވެ.

މިގޮތުގައި ދުވަސްތައް ހޭދަވަމުންގޮސް އެމަނޖެވެސް އޯލެވެލް ނިމިގެން އޭލެވެލް އަށް ކިޔަވަން ފަށައިފިއެވެ. މިހާރު އަދި ވަކިން ފުރިހަމައެވެ. ރީތިކަން ހީވަނީ މިދުނިޔޭގެ ކަމެއް ނޫންހެނެވެ. ކޮންމެޔަކަސް އުފާވެރިކަން އިތުރުވީ އެމަންޖެގެ ދައްތަމެން އަޅުގަނޑުމެން ދިރިއުޅޭ ގޭގެ ފްލޯއަކަށް ބަދަލުވީމައެވެ. އަޅުގަނޑުމެން މިއުޅެނީ އެންމެތިރީގައި ކަމުން ވަރަށް ގިނައިން ބޭރު ދޮރުމަތީގައި އެމަންޖެގެ އިންތިޒާރުގައި ހުރެވެން ފަށައިފިއެވެ.

މިގޮތަށް އުޅުމުގެ ތެރޭގައި ވަރަށް މަޖާ ކަންކަމާވެސް ދިމާވެއެވެ. އެގޮތުން، އެއްދުވަހެއް ހަވީރުގެ ވަގުތެކެވެ. ބޭރުގައި މަޑުކޮށްލުމަށްފހު ގޭތެރެއަށްވަނީ ކޮންމެހެން ވަންނަން މަޖުބޫރުވެގެން ދެންއެނޫން ގޮތެއްނެތީމައެވެ. ވަދެފައި ކުރާންވީކަމެއްކޮށްނިމިގެން ބޭރަށް ނުކުންނަށްފެށުމުން އަޅުގަނޑުގެ ދައްތަގެ އެދުމަކަށް ފިހާރައަކުން އެއްޗެއްގަނެދޭން ޖެހިއްޖެއެވެ. އަވަސްއަވަހަށް ނުކުތްއިރު އަސްތާ! ކަމަކު ދާކަށްނެތެވެ. އެމަންޖެ މިހުރީ ބޭރު ދޮރޯށީގައި ފޯނެއްގައެވެ. ދޭތެރެއިންލާފަ ހަނިއަރިން ނިކުމެގެން ދާކަށް ވެސް ނުކެރުނެވެ. އެނބުރި ގެއަށް ވަންނާކަށްވެސް ނޭންގުނެވެ. ބަލަހައްޓައިގެން ހުރެވުނީއެވެ. ދެން އެވީއިރެއްވީއެވެ. ވީކިހާއިރެއްކަންވެސް ނޭގެއެވެ. ފޯނުންނިމިގެން އެނބުރި ގޯތިތެރެއަށްވަދެ ސިޑިން މައްޗަށް އަރަމުން ހިނިތުން ވެލިއެވެ. ބޯކަހާލުން ފިޔަވާ އިތުރުކަމެއް އަޅުގަނޑަކަށް ނުކުރެވުނުވެ. ފައިއޮޅެފައި އެނބުރިގޮސް ވަދެވުނީ ގެއަށެވެ. ހޭވެރިކަންވީ ދައްތަގެ ސުވާލުކުރިމަތި ވުމުންނެވެ. އަވަސްއަވަހަށް އޮޅުވާލައިފައި މިފިހަރާއަކުނެތޭ އެހެން ފިހާރައެއް ބަލާލާނަމޭ ކިޔާފައި ނިކުތީ ބޭރަށެވެ.

ކޮންމެޔަކަސް ދުވަސްތައް ފާއިތުވަމުންގޮސް އެމަންޖެގެ ކިޔެވުންވެސް ނިމިއްޖެއެވެ. އަދިވެސް އަޅުގަނޑު ހާލަކީ އެމަންޖެ ފެންނައިރަށް ފައި އޮޅެއޮޅެފައި ބޯކަހާލެވުމެވެ. މިހެންދުވަސްތައް ވޭތުވަމުން ގޮސް އެމަންޖެގެ ނަން އެގޮތަކުން މިގޮތަކުން ހޯދައިފީމެވެ. ނަމަވެސް ވާހަކަދައްކާކަށްވެސް ނުކެރެއެވެ. ބައލިލާކަށްވެސް ނުކެރެއެވެ. އެމަންޖެ ބެލިޔަސް އަޅުގަނޑުގެ ބޯހަމަ ކަހަނީއެވެ. މީދެން ކިހާ ދެރެކަމެއް ދެއްތޯއެވެ.

އަޅުގަނޑު މިގޮތުގައި ހުއްޓާ އެމަންޖެ އެހެދިއެއްޗެއް ހަދައިފައި މީހަކާވެސް އިނދެފިއެވެ. މިހާރު އުޅެނީ ނިކަން އުފަލުގައި ވެސް ތޯއްޗެކެވެ. ފެންނަނީވެސް ވަރަށްމަދުންނެވެ. މާވަހަރުހާ ތަދު އަގުބޮޑު އެއްޗަކަށް ވީމާވެސް ތޯޗެކެވެ. ކޮންމެޔަކަސް އަޅުގަނޑު އަދިވެސް މިހުރީއެވެ. އެމަންޖެ ބޮޑުވެ ފުރާވަރަށް އަރައި މީހަކާއިނދެ "ބާވީވެސް" ހަމަ އަޅުގަނޑު ބަލަބަލާ ހުއްޓައެވެ. ދެންކުރާނެ ކަމެއްނެތެވެ. އަދިވެސް މިނިކަމެތި އަޅުގަނޑު މިހުރީ ފައި އޮޅެއޮޅެ ފައި ބޯކަހާށެވެ.

ނިމުނީ





"ރީތި އަންބެއްގެ ހުތުރު ފިރިއެއް"

10 03 2012

“ރީތި އަންބެއްގެ ހުތުރު ފިރިއެއް”

stk105803cor

ޢަބްދުލްޖަލީލް ޙުސައިން

10، މާރޗް 2012

އެއީ މީގެ 11 އަހަރު ކުރިއެވެ. ވަރަށްފޫހި ދުވަސްތަކަކެވެ. ހިތާމަވެރި ދުވަސްތަކެކެވެ. ޙަޔާތުގައި ދިމާވި ތަޙައްމަލު ކުރަން އުނދަގޫވި ދުވަސްތަކެކެވެ. ތާއަބަދު ހަނދާން އާވެއާވެ ހުއްނަ ދުވަސް ތަކެކެވެ.

އެއީ ދެހާހުގެ ކުރީކޮޅެވެ. ﷲގެ މިންވަރުފުޅުން، ކުރިމަތިވި ބައްޔެއްގެ ސަބަބުން ކިޔެވުމުން މަޙުރޫމު ވިއެވެ. މިކަމުގެ ތެރޭގައި އަހަރެއްހާ ދުވަސް ހޭދަކުރަންޖެހުނެވެ. ވަރަށް ހިތްދަތި ދުވަސްތަކެވެ. ޢާއިލާގައި ހިތާމަޔާއި މަޑުމޮޅިކަން ފެތުރިފައިވި ދުވަސްތަކެކެވެ. މިހިތާމަ އިތުރަށް ބޮޑުވެގެން ދިޔައީ މިކަމުގެ ވޭނާއި ކެކުޅުން ތަޙައްމަލު ނުކުރެވި މަންމަ މިފަނާ ކުރުވަނިވި ދުނިޔެ އާއި އަލްވަދާޢު ކިޔުމުންނެވެ. އޭރު އަދި އަޅުގަނޑުގެ އުމުރުން މާގިނަ ދުވަސްތަކެއް ނުވެއެވެ. ކޮންމެއަކަސް ބުރަމަސައްކަތާއި ފަރުވާއަށްފަހު ބަލިން ފަސޭހަވެ ތަޢުލީމާއިގެން ކުރިޔަށް ދެވޭވަރުވީ ޖެހިގެންއައި 2002 ވަނައަހަރުއެވެ.

މިދެންނެވި ބަލި ދުވަސްވަރުގައި، ބަލީގެ ޒާތުން ބޭރަށް ނުކުމެލައި އުޅެވޭ ވަގުތު ތަކުގައި އަޅުގަނޑުގެ ލޮބުވެތި ބޭބައާއި އެކު ބޭބެގެ ވަޒީފާއަދާކުރާ ތަނަށް ގޮސްލައި ހަދަމެވެ. ބޭބެއަކީ ޓީޗަރެއްކަމުން އޭރު ކިޔާވާ ދެމުން ގެންދެވި ސްކޫލުގެ އިތުރު ހަރަކާތް ތަކުގައި ކުދިން އުޅޭގޮތް ބަލާލައި ސިކުނޑި ހަމަޖައްސާލާ ހަދާލުމުގެ ބޭނުމުގައެވެ. ޚާއްސަކޮށް އަޅުގަނޑުގެ ޝައުގު އެކަމަކަށް ހުންނަ ވާހަދެއްކުންތެރި ކަމުގެ މުބާރާތަށް ފަރިތަ ކުރަމުންދާ އެ ސްކޫލުގެ ކުދިންގެ ފަރިތަކުރުން ބަލާލުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

މި ދުވަސްވަރަކީ އަޅުގަނޑުގެ ފުރާވަރުގެ ދުވަސްވަރުކަމުން އަޅުގަނޑަށް ވެސް ފުރާ ވަރުގައި ކުދިންނަށް ދިމާވާނެ ކަހަލަ ކަންކަން ދިމާވަންފަށައިފިއެވެ. މާ ހިތްކިޔާ ކަހަލަ ކުއްޖަކު މިބުނި ވާހަކަ ދެއްކުމުގެ ފަރިތަކުރުން ތަކުން ފެންނަންފަށައިފިއެވެ. ވަރަށްތަފާތެވެ. ވަރަށް ފުރިހަމައެވެ. ތަންކޮޅެއް ފަށުއިކޮށް ސިފަކޮށްލެވޭތޯ ބަލާލާނަމެވެ. ރޭގަނޑެއްފަދަ ކަޅު ދިގު އިސްތަށިގަނޑެކެވެ. އެރީތި ބޮޑުދެލޮލުގެ މަތިން ގުދުރަތުގެ އަތުން ކުރަހާލެވިފައިޗާވާ ރީތި ހިތިފަތު ބުމައެވެ. ރަތްފިނިފެން މަލުގެ ދެފިޔަފަދަ ތުންފަތުން ހިނތުންވެލީމާ އެހެރަ ފެންނަ އަންނާރު އޮއްތަކެއްފަދަ ދަތްޕިލައެވެ. ބަނިޔާދަން ހަށިގަޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެރީތި ހެޔޮވަރުގެދިގު އިސްކޮޅެވެ. މިހާވަރުން ފުއްދާލަމާ ހިނގާށެވެ. ދެން އިތުރަށް ސިފަކުރުމުގެ ޤާބިލުކަމެއް ނެތެވެ. އަޅުގަނޑުމެންގެ “ގްލްފާމް” އިބްރާހިމް ޝިހާބު ވިދާޅުވާފަދައިން”ގަލަން އެދުނަސް ނުލިޔެވޭހައި” ފުރިހަމައީއެވެ.

ކޮންމެއަކަސް އަޅުގަނޑުގެ ލަޔާޤަތާއި ޤާބިލިއްޔަތުކަން ހުރިގޮތުން އެއީ އަޅުގަނޑުގެ ފެންވަރެއް ނޫނޭ ހިތައް އަރުވާލާފައި ހިތުން ހުޅުވުނު ކުޑަދޮރު ލައްޕާލައި ބޮޑުތަޅު އެޅުވީ ގަދަކަމުން އޮބި އަޅުވައިގެންނެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން އެކަމުގެ އަސަރުތައް މިކުޑަދޮރުން ނުނިކުމެއޭ ނުބުނެވޭނެއެވެ.

މިކަހަލަ ގޮތެއްގައި ދުވަސްތައް ފާއިތުވަމުންގޮސް އަޅުގަނޑުގެ ބަލި ފަސޭހަވެ ސްކޫލަށް ދާންފެށުނީ ކުރިންވެސް ބުނިފަދައިން ޖެހިގެންއައި އަހަރުގައެވެ. ވަރަށް ހިއްމަތާއެކު ތަޢުލީމީ ޙަޔާތުން ގެއްލުނުތަން އަނބުރާހޯދަން މަސައްކަތް ކުރީމެވެ. މިގޮތުގައި ކަންކަން ހިނގަހިނގާ ހުއްޓާ އެދުވަހެއްގެ ހެނދުނު ސްކޫލަށް ދިޔަމަގުމަތީގައި އެއްކަލަ ކުއްޖާ ފެނިއްޖެއެވެ. އެއްކަލަ އޮބިއަޅައި ބަންދު ކުރި ކުޑަދޮރު ހުޅުވިގެން ދިޔައީ ތަޅުތަކަށް “ސަލާންބުނެފައެވެ”. ދެން އެއޮއްވީގޮތުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ފައިވެސް އޮޅެންފަށައިފިއެވެ. ހިނގަންވެސް އުދަގޫވެއްޖެއެވެ. އެކަމަކު ނުހިގައި މަޑުކުރެވޭކަށްވެސް ނެތެވެ. ގަޑިޖެހެނީއެވެ. އަޅުގަނޑުގެ އުމުރުގެ ހަގުކަމާއި ވިސްނުމުގެ ކޮށިކަމުން މިހާލަތަށް ކަންކަން ދިޔައީއެވެ. ކުރާނެކަމެއް ނެތެވެ. އެދުވަހަށްފަހު ދޭތެރެ ދޭތެރެއިން ސްކޫލަށް ދާއިރު އެކުއްޖާ ފެނެއެވެ. ދުވަސްތަކެއް ވީއިރު އެކުއްޖާގެ ގެވެސް އިގިއްޖެއެވެ. އެއީ ހޯދަންދިޔަ ދިޔުމެއްނޫނެވެ. ހަމަ ފެނުނީއެވެ. ގެ އަޅުގަނޑުމެންގެ ސްކޫލާ ވަރަށް ކައިރިއެވެ.

މިގޮތުގައި ދެތިންއަހަރެއް ވޭތުވުމަށްފަހު އަޅުގަނޑުމެންގެ ޖީ.ސީ އޯލެވެލްގެ ފަހު އަހަރެވެ. ސްކޫލުގެ އިތުރު ޙަރަކާތްތަކުގައި އިސްދައުރެއް އަދާކުރުމުގެ ފުރުސަތު ﷲ ގެ ރަހުމަތް ފުޅުން ލިބުނެވެ. އެއްދުވަހަކު ސްކޫލުކުދިންނަށް “ޝީ” ބިލްޑިންގގައި ބޭއްވި ބައްދަލުވުމަކަށް ދައުވަތު ލިބުނެވެ. ނަސީބު ދެރަކަމުން އަޅުގަނޑަށް ދެވޭގޮތެއް ނުވިއެވެ. އަޅުގަނޑާއެކު އުޅުނު އަނެއްކުއްޖާ ދިޔައެވެ. ހަފްތާއެއްހާ ދުވަސް ފަހުން މިކުއްޖާ މިބައްދަލުވުމުގެ ބައިވެރިންނާއެކު ނަގާފައިވާ ފޮޓޯއެއް ގެނައި އިރު އެއްކަލަ ކުއްޖާ އެބައްދަލުވުމުގެ ބައިވެރިންގެ ތެރޭގައި އެބަހުއްޓެވެ. ފެނިފަ ހައިރާންވެސް ވިއެވެ. ދެރަވެސްވިއެވެ. އުފާވެސް ވިއެވެ. މިފަދަ ދަނޑިވަޅުތަކުގައި ދެންވާންވީ ހުރިހާ ގޮތެއްވެސް ވެނިމިއްޖެއެވެ. ނުދެވުމުގެ ހިތާމަ ބޮޑިވިއެވެ. ހިތައްއެރިއެވެ. ފޮޓޯއިން ފެނުނީމަ މާރީއްޗެވެ. ވަރަށް ފުރިހަމައެވެ. ނަމަވެސް މި ވާގޮތް ވިސްނާލެވުނީ މާފަހުންނެވެ. މަގުމަތިން ފެނުނީމަ އެއޮއްގަންނަ ލަދަކުން ބަލާލަން ނުކެރޭތީވެ އެކުއްޖާގެ ރީތިސިފަ އޭގެ އެނމެ ފުރުހަމަގޮތުގައި ނުފެންނާނެތާއެވެ. ދެން ފޮޓޯއިން ފެނުނީމައި ހަމަ ބެލެނީއެވެ. ވަރަށް ގިނަ އިރުތަކެއްވަންދެން ބަލަންހުރެވުނުވެ. އެކުވެރިޔާ ކާކަށްހޭ މާވަރަކަށް ތިބަލަނީއޭ ބުނީމައި އައްޖައްސާލެވުނީ ފޮޓޯގައި ފެނަންހުރި ބެނާގައެވެ. މިހެންގޮސް ކިޔެވުމުގެ ދައުރު ނިންމާލިއިރުވެސް ހަމަ އެމަންޖެ ފެންނަ ވަރުވަނީ މަގުމަތިން ދާއިރުއެވެ. ހަތަރު އަހަރު ނިމިގެން ދިޔައީ މިފަދަ ހާލަތެއްގައެވެ. އެއްފަހު ދެންއައީ މާ އުނދަގޫ ދުވަސްތަކެކެވެ. ސްކޫލަށް ނުދާތީވެ އެކުއްޖާ ނުފެނާނެތާއެވެ. ކޮންމެއަކަސް މި އުދަގުލުންވެސް މަޑުމަޑުން ސަލާމަތް ވެއްޖެއެވެ. ނުފެނި ގިނަދުވަސް ވުމުން މަޑުމަޑު ހަމައަކަށް އެޅިއްޖެއެވެ. ނަމަވެސް އެއަސަރުތައް ފިލައިގެން ދާނޭހެއްޔެވެ؟

މިގޮތުގައި ދުވަސްތައް ވޭތުކުރަމުން ދާއިރު ވަޔާއި އޮޔާ އެކުވެގެން އަންނަ ޚަބަރުތައް މަދު މަދުން އެމަންޖެ ގެ ނަންވެސް މިނިކަމެތި ހިތްގަނޑަށް އިއްވާލައެވެ. އޮފީހެއްގަ ވަޒީފާގައި އުޅުނު ވާހަކައެއްވެސް އިވުނެވެ. ދުނިޔެވެސް މިހެން ހިގަމުން ދާތީވެ ދެން އެހެން މިހެން ކަންކަންވެސް ހަމަ ކުރިޔަށް އެބަ ދެއެވެ.

ދެންމިވީގޮތަކީ ދާދި އިހަކަށް ދުވަހަކު، އާދެ! 2010 ވަނަ އަހަރުގެ ފަހުކޮޅުގައި އަޅުގަނޑުވެސް އިތުރަށް ކިޔެވުމުގެ ގަސްދުގައި ރާއްޖޭގެ މަތީތަޢުލީމުގެ ފުރުސަތު ފަހިކޮށްދޭ ކޮލެޖަކަށް ވަދެފީމެވެ. އަނެއްކާވެސް ޙަޔާތުގެ އެއްކަލަ ބާބު ހުޅުވާލަން މަޖުބޫރުވިއެވެ. ކޮލެޖަށް ވަދެވުނު މޮޔަވެސް ހިތައް އަރައިފިއެވެ. އެއްކަލަ މައްޖެ ކޮލެޖުންވެސް ފެނިއްޖެއެވެ. ފަރިކަމާ ޗާލުކަން ހީވަނީ ފަލަކުން ނައްޓައިލައިގެންއައިސް އިން ހަނދެއް ހެނެވެ. އިތުރަކަށް އަޅުގަނޑުގެ މި ނުހިގާ ގަލަމުން ބަޔާންކޮށްދޭކަށް ދެންނޭގެއެވެ. އެހާވެސް ފުރިހަމައެވެ. ދެން ކުރާނެކަމެއްނެތެވެ. މީހަމަ ތަޤްދީރެވެ. ބަދަލެއްނުވާނެ ތާއެވެ.

ކަން ދިމާކުރިގޮތުން ބައެއް މާއްދާތަށް އެމަންޖެ އިންނަ ކުލާހުގައިވެސް ކިޔަވަން ޖެހިއްޖެއެވެ. މިހާރު އަޅުގަނޑުވެސް ބޮޑުވެ ކުރިޔައްވުރެ ބުއްދި ހަމަޖެހިފައި ހުރީމާވެސް ތޯޗެކެވެ! ކުރިން އެވާކަހަލަ ލަދުގަންނަ ގޮތްތައް ވުންވަރަށް ކުޑވެއްޖެއެވެ. އެއްރެއެއްގެ ކުލާހުގައި އަޅުގަނޑަށް އިންނަ މިޖެހުނީ އެމަންޖެގެ ކުރީމަތީގައިއިން ގޮޑީގައެވެ. ކުޑަ އިރުކޮޅެއްފަހުން ފަންސުރަކުން އަޅުގަނޑުގެ ގައިގައި ޖައްސާލައިފައި މީހަކު ގޮވާލުމުން ބަލާލިއިރު މިމަންޖެއެވެ. ސުބްޙާނަﷲ އެވެ!! ދެންވާނެ ގޮތް ވިސްނާލަބަލާށެވެ. އަޅުގަނޑު ހުރީ ހައިރާންވެފައެވެ. އިރުކޮޅަކުން އަޅުގަނޑުގެ ކުރިންބުނި ބޭބެ މިމަންޖެގެ ޓީޗަރުގެ ކޮށްކޮ އެއްދޯއޭ؟ އަހަފިއެވެ. އަޅުގަނޑު އާއެކޭ ބުނީމެވެ. ހިތަށް އެރިއެވެ. ހަނދާން ހުރީތާއެވެ. އަމިއްލައަށް ހިނިތުން ވެލީމެވެ. އުފަލުން ހިތްތެޅި ފޮޅިގަތެވެ. ދެންވެސް ބޭބެގެ ވާހަކަ އެއްސެވެ. އަޅުގަނޑަށް ވީވަރަކުން ކިޔާދެވޭތޯ ބެލީމެވެ.

މިގޮތުގައި ދުވަސްކޮޅެއްވީތަނާ އަޅުގަނޑު އެގޮތް މިގޮތުން “ފޭސްބުކް” އިން އެމައްޖެ “އެޑް” ކޮށްލައިފީމެވެ. އެކްސެޕްޓް ވެސްކޮށްފިއެވެ. ވާހަކަވެސް ދައްކަމެވެ. ކުޑަކޮށް ރަހުމަތްތެރި ވެއްޖެއެވެ. މިގޮތުގައި ދުވަސްތަކެއް ވީފަހުން ނަންބަރުވެސް ލިބިއްޖެއެވެ. މަދު މަދުން ކަންކަމުގައި މެސެޖް ކޮށްލައި، ގުޅާލައި ވެސް ހަދާލަމެވެ. މިހެން އުޅުމުގެ ތެރޭގައި މިހާރު ދެން ވަރަށްވެސް އެކުވެރިއެވެ. ނަމަވެސް އަޅުގަނޑުހިތުގެ ހާލު އިނގިލައްވާ ނޫންތޯއެވެ.

މިގޮތުގައި ދުވަސްތަކެއް ވީފަހުން އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެކެވެ. އޮފީހުގައި އުޅެނިކޮށް އެމަންޖެ ގުޅަންފަށައިފިއެވެ. ހަދާނެގޮތް ނޭގިފައި ހުއްޓާ ފޯނު ކެޑިއްޖެއެވެ. ހަމަކެނޑުމާއި އެކު ގުޅަންފަށައިފީމެވެ. ފޯނުނަގައި ވާހަކަ ދައްކަން ފެށީމެވެ. އެދުނީ އެމަންޖެ ގޮވައިގެން ތަނަކަށް ދެވިދާނެ ތޯއެވެ. އަޅުގަނޑަށް ވާނެ ގޮތްދެން އިހްސާސް ކޮލައްވާށެވެ. ދެންއައީ ކިރާއި މާމުއިގެ އުފާވެރި ވަގުތުތކޮޅެކެވެ. ތައްޔާރު ވެފަ ގުޅަން ބުނުމަށްފަހު ފޯނުކަނޑާލީމެވެ.

ދިޔެއީ ކިޔެވުމުގެ މަސައްކަތެއްގައި ލައިބްރަރީއަށެވެ. އަޅުގަނޑުގެ ސައިކަލު ފަތަށް އެމަންޖެ ލައިގެން ދާންވީމައި ވާނީ ކިހިނަކުން ހެއްޔެވެ؟ އެއީ ހަމައެއްކަލަ ރީތި މަންޖެއެވެ. މީގެ ދިހަ އަހަރުކުރިން ފުރާވަރު އުމުރުގައި އެއެއް މިޔެއް ވަކިނުވާ އިރު ފެނިފައި ހިތުން ޖާގައެއް ދެވުނު ކުއްޖާއެވެ. އަޅުގަނޑު އިނީ ހެވި ދިއްލިފައެވެ. ސައިކަލުމަތީގައި އިނެއްކަމަކު ހަމަ ހިތްބާރުބާރަށް ތެޅެނީއެވެ. “ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބުނީމައި” އެއުޅުނު ގޮތަށް އުޅެގަންނަން އަޅުގަނޑުގެ ހިތްވެސް ބޭނުންވީވެސްތޯޗެކެވެ. އާއެކެވެ! އެހެންނުވާންވީ ސަބަބެއްބަތެވެ. އެއީ ހަމަ ވިންދުޖަހާ ހިތެކެވެ. ބާގޯނި ގަނޑެއްނޫންވިއްޔާއެވެ. މީހާ ފިނިވެ ހިތްއަވެސް ވެފައި ހުރިވަރުން ހިނިއަންނަ ޒާތުގެ ދެތިން ކަމެއްވެސް އެ ލައިބްރަރީ ތެރޭގައި އަޅުގަނޑަށް ކުރެވުނެވެ. އެކަމާއި މިމަންޖެ ހީހީ ހަލާކުވިއެވެ. އަޅުގަނޑުވެސް ދެން ވަރަށް ހިނިއައިސްފައި އިނީމެވެ. ލައިބުރަރީއަށް ދިޔަމަގުމަތީގައި އެ ގެ ނުވެސް ކިޔާދެނީސް އިގުނީކިހިނެއްހޭ އެއްސެވެ. އަޅުގަނޑަށް ކުޑަކޮށް ހެވުނެވެ. ހިތައްއެރިއެވެ. ތިގެ ސިކުނޑީގައި ހިއްޕާލައިގެން އުޅޭތާ މިހާރު ދިހަވަރަކަށް އަހަރުވެދާނެއޭ ބުނެފާނަމަވެ. ނަމަވެސް ގައުމީ މަސްލަހަތައްޓަކައި ކުޑަގޮތަކުން ނިންމާލީއެވެ. އެ ކުރާންދިޔަ ކަމެއްކޮށް ނިމުނީމައި ގެންގޮސް ގެޔަށްލައިދިނީމެވެ.

އަދިވެސް ހަމަ މިގޮތުގައި މިހުރީއެވެ. ދުވަސްތަށް ފަށްފަށް ވަމުން ދަނީއެވެ. ދުނިޔެއިން ދުވަހެއް އުމުރުން ދުވަހެއް މިއޮށްދަނީއެވެ. އެކަމަކު ކުޑައިރު އެމަންޖެ ފެނުނު އިރު ނުވިސްނޭ ކިތަންމެ ކަމެށް މިހާރު ވިސްނެއެވެ. އެނގެއެވެ. މީހާހަރުވެ ދޮންވެ ފައްކާ ވާވަރަކަށް ދުނިޔެ އުޅެންދާނީ ދަސްވަމުންތާއެވެ!!

ދެންއޮތީ ބޮޑުސުވާލެވެ. ޤައުމީސަލާމަތާއި ގުޅުން ހުރިސުވާލެވެ. އެއީ މިގޮތުގައި ދިހަ އަހަރު ވޭތުކޮށްލިފަދއިން “އަޅުގަނޑުގެ ފެންވަރެއް ނޫނޭ ބުނެ” އަދިވެސް ހުންނަންވީތޯ؟ ނުވަތަ ނޫން ތޯ؟ މިސުވާލެވެ. މިހާ ހަލަބޮލި ދުވަސްވަރެއްގައި ސަލާމަތަށް ބުރޫއަރާފާނެ ފަދަ ސުވާލެކެވެ. މިސުވާލު ހިތަށް އެރިވަގތު ހަނދާނަށް އައީ ރައްޓެއްސަކު މިމަންޖެ އާއި އަޅުގަނޑާ އަޅުވާ ކިޔަމުން ބުނެލި ޢިބާރާތެކެވެ. “ރީތި އަންބެއްގެ ހުތުރު ފިރިއެއް” ވަރަށް ފުން ޢިބާރާތެއް ދެއްތޯއެވެ؟ 





26 07 2011

އޭ ނިކަމެތި އިންސާނާއެވެ! ތިބާ ބޮޑާވެ ނުގަންނާށެވެ.

  • §       ފިރުޢައުނު ބޮޑާވެގަތީ އޭނާގެ ވެރިކަމާއި ބާރާއި ޖާހުގެ މަތިވެރިކަމަށެވެ. އޭނާއަކީ ކަލަކުކަމުގައި ދަޢުވާ ކުރަމުންނެވެ.
  • §       ޤާރޫނު ބޮޑާވެގަތީ އޭނާގެ މުދާވެރިކަމަށެވެ. އޭނާގެ މުއްސަނދި ކަމަށެވެ.

ޢަބްދުލްޖަލީލް ޙުސައިން (ޖައްލޭ)

މި ދުނިޔޭގައި އުޅޭ އިރު އިންސާނުން  އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެ ފަޚުރުވެރި ވުމަކީ ވަރަށްކުރާހިތްވާ ކަމެކެވެ. އަދި އެހާމެ ގިނައިން ކުރެވޭ ކަމެއްވެސް މެއެވެ. ބާރުގަދަ މީހުން ބާރުދެރަ މީހުންގެ މައްޗަށެވެ. މުއްސަނދީން ފަޤީރު ނިކަމެތިންގެ މައްޗަށެވެ. ފިރިހެނުން އަންހެނުންގެ މައްޗަށެވެ. އަދި އަންހެނުން ފިރުހިނުންގެ މައްޗަށެވެ. ޒުވާނުން މުސްކުޅިންގެ މައްޗަށެވެ. މިއީ ދުނިޔެދައްކަމުން ދާ ހަޤީގަތެކެވެ.

ކަންމިހެން ހުރިއިރު، ހަމަހިމޭންކަމާއި މަޑުމައިތިރި ކަމާއިއެކު ނިކަން ވިސްނައިލަބަލާށެވެ. އަޅުގަނޑުމެން އެކަކު އަނެކެއްގެ މައްޗަށް ބޮޑާވެ ފަޚުރުވެރި ވެވޭން އެބައޮތް ހެއްޔެވެ. ތިމާގެ ހާލާތާއި ތިމާގެ މަޤާމު ކޮބާހެއްޔެވެ. ފުރަތަމަ ކަމަކީ ތިމާ ދުނިޔެއަށް އައީ ތިމާ އަމިއްލައަށް ހެއްޔެވެ. ތިމާދުނިޔޭގައި ދިރި ތިއުޅެނީ ތިމާ އަމިއްލަބާރުގައި ހެއްޔެވެ. އެހެނަކަމަށްވާނަމަ ތިބާމަރު ނުވެ އުޅެބަލާށެވެ. ބަލިނުވެ އުޅެބަލާށެވެ. ހިތްހަމަޖައްސައިލާ އުފާކޮށްލައި އުޅެވޭނެ ދުވަސްތައް އަބަދު ގެނެސް ބަލާށެވެ. ރިޒުޤް ތަނަވަސް ކޮށްބަލާށެވެ. މިހުރީ ހައްތަހާވެސް ނުވާނެ ކަންތައްތަކެވެ. ތިބާގެ ބުރުސޫރަ ރީތިކުރެއްވީ ކާކު ހެއްޔެވެ. ތިބާ ބަލިވީ ކިތައްފަހަރު ހެއްޔެވެ. ތިބާއަށް ހިތާމަކުރަން ޖެހުނީ ކިތައްފަހަރު ހެއްޔެވެ.

އަދިވެސް ވިސްނާލަބަލާށެވެ. ބޮޑާކަމާއި ފަޚުރުވެރި ކަމާއި އެކު މިދުނިޔޭގައި އުޅުނު ކިތައްމީހުން އަދި ކިތައް ޤައުމު މިހާރު ނިމިގޮސް ފައިވޭހެއްޔެވެ. ފިރުއައުނާއި ޤާރޫނެވެ. ސަބާގެ ޤައުމުގެ މީހުންނާއި ލޫޠުގެފާނުންގެ ޤައުމެވެ. ހަލާކުވެ ނެތިގެން ދިޔައީ ކޮންފަދައަކުން ހެއްޔެވެ. ސުބުޙާނަﷲ އެވެ.

ފިރުޢައުނު ބޮޑާވެގަތީ އޭނާގެ ވެރިކަމާއި ބާރާއި ޖާހުގެ މަތިވެރިކަމަށެވެ. އޭނާއަކީ ކަލަކުކަމުގައި ދަޢުވާ ކުރަމުންނެވެ. “މޫސާގެ ކަނލާންގެއަށް ގޮންޖަހަމުންނެވެ”. އޭނާގެ އެހުރިހާބާރާއި ގިނަ ސިފާއިންނާއި ބޮޑުވެރިކަމާއި، ގަދަފަދަ ލަޝަކަރު އެކީ ކަނޑުގެތެރެ އަށް ޣަރަޤު ކުރެއްވީ ކޮންފަދައަކުން ހެއްޔެވެ. ޤާރޫނު ބޮޑާވެގަތީ އޭނާގެ މުދާވެރިކަމަށެވެ. އޭނާގެ މުއްސަނދި ކަމަށެވެ. އެހުރިހާމުދަލަކާއި ޚަޒާނާތަކާއި، ބޮޑުވެގެންވާ ވަރުގަދަ ގަނޑުވަރު އެކީ ބިމިގެ ތެރެޔަށް ގަންބަވާލެއްވީ ކާކުގެ ބާރުގައިހެއްޔެވެ. މިއީ އެންމެންނަށްވެސް އެގޭ ހަޤީގަތްތަކެވެ.

މިފަދަ އެއްވެސް ކަމަކަށް ވިސްނާލުމެއްނެތި ތިމާހިތު ހުރިހާ ގޮތަކަށް އުޅެމުންދާ ބަޔަކު މިމުޖުތަމަޢުން ފެންނަކަމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. ސައިކަލްތަކުގައި މީހުނަށް އުދަގޫވާވަރަށް އަޑުގަދަކުރަމުން ބަރުގޮނު އަޅަމުން ހަޑިހުތުރުބަހުން މުޢާމަލާތުކުރަމުން “ދުވާ” ކިތަންމެ ބަޔަކު މިކުޑަކުޑަ މުޖުތަމަޢުގައިވެސް އެބައުޅެއެވެ. ފާހިޝް ޢަމަލުތަކަށް ފާޅުގައި އަރައިގަންނަމުންދާ ދެޖިންސްގެ މީހުން އެހާމެ ގިނައެވެ. ވައްކަމާއި، ފޭރުމާއި، މާރާމާރީއާއި، ޓެކުމާއި، ޚިޔާނާތާއި، ރިބާއާއި ދެބައުޑުވުމާއި، ޣީބަބުނުމާއި އަދިވެސް މިފަ ކިތަންމެ ނުބައިކަމެކެވެ. އެއްވެސް ޖެހެލުމެއްނެތި އަޅުގަނޑުމެން ކުރަމުން އަންނަ ކަންކަމެވެ. ﷲގެ ކިބަފުޅަށް އެއްވެސް ބިރުވެތި ވުމެއް ނެތިއެވެ.

އެހެންކަމުން މިފަދަ ކަންކަމުން ދުރުވެ އަޅުގަނޑުމެންގެ ހަމަވިސްނުމުން ވިސްނާލައި ދެދުނިޔެ ބާއްޖަވެރިކުރުމަށް މަސައްކަތް ކުރުމަކީ ހަމަކޮންމެ މީހެއްގެވެސް ވާޖިބެކެވެ.





ހިތްއެދި ގޮވަނީ ކަލާއަށެވެ. 04

7 08 2010

 

ހިތްއެދި ގޮވަނީ ކަލާއަށެވެ. 04

Hiy adi govanee kalaaasheve

(ވާހަކަ އަޕްޑޭޓް ވުން ލަސްވި ކަމަށްޓަކައި ކިޔުން ތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ)

(ޢަބަދުލް ޖަލީލް ޙުސައިން (ޖައްލޭ

(07.08.2010)

ހަތަރުވަނަ ބައި…….31.07.2010 ކާއި ގުޅޭ

"ހީތްރޯ" އެއަރ ޕޯރޓްގައި އިންއިރު ޝާންގެ ހުރިހާ ޚިޔާލުތަކެއްވެސް ވަނީ ރާއްޖޭގައެވެ. ޚުދުޝާންވެސް މިކަމާ ހައިރާންވިއެވެ. އޭނާއަށްފެންނަމުން ދިޔައީ ފައިހާއެވެ. އޭނާއަށް ކުރެވެމުން ދިޔައީ ފައިހާގެ ހަނދާންތަކެވެ. ރާއްޖެއަށް އެއްވެސް ގޮތަކަށް ނުދާތާ ބަރާބަރު ފަސްއަހަރުވީއެވެ. ކޮންމެފަހަރަކުވެސް ރާއްޖެދާންބުނުމުން ބައްޕަ ދެކޮޅުހަދަނީއެވެ. މުޅިއާއިލާ ގޮވައިގެން އަންނަނީ މިކޮޅަށެވެ. ނަމަވެސް މިހާރު ކިޔަވައި ނިމުނީއެވެ. ދެން ބައްޕަވެސް ބޭނުންވަނީ ރާއްޖެގެން ދާށެވެ. އަވަހަށް އައުމަށެވެ.

މަންމައާއި ބައްޕަ އަދި އާއިލާ އާއި އަމިއްލަ ވަޒުނުގައި ބައްދަލުވުމުގެ އުފާ ވަކިން ކުޑައެއްނުވާނެއެވެ. ވަކިން ޚާއްޞަކޮށް ފައިހާ ހޯދުމަށްޓަކައި ކަނޑައަޅާފައިވާ އަޒުމުގައި ހަގީގީކުލަ ޖެހުމުގެ މަގުތަނަވަސްވާނީ ރާއްޖެ ދެވުމުންކަން ޚުދު ޝާންއަށްވެސް އެގެއެވެ.

މާލޭ އެއަރ ޕޯރޓަށް ފޭބުމުން ބުނަން ނޭންގޭކަހަލަ އިހްސާސްތަކެއް ކުރެވެން ފެށިއެވެ. ހިތް ބާރުބާރަށް ތެޅެންފެށިއެވެ. އަވަސް އަވަސް ކޮށްލައިގެން ނުކުންނަށް ހިގައިގަންނަން ބޭނުންވިއެވެ. ނަމަވެސް ކިއޫގައި ހުރެގެން ކަސްޓަމްސް އާއި އިމިގްރޭޝަންގެ ކަންތަކުން ނިމުނު އިރު ބައިގަޑި އިރަށްވުރެއް ގިނައިރުވެއްޖެއެވެ. ޖާމާވެފައިވާ މީހުންތކުގެ ތެރެއިން އެންމެފުރަތަމަވެސް ލޮލުގައި އަޅައިގަތީ މަންމައެވެ. ދުވެފައިގޮސް ބައްދާލީމެވެ. މުޅި އާއިލާ އެއްކޮށް ތިބީ އެއަރ ޕޯރޓް ގައެވެ. އަހަރެން ބަލާއައިހެވެ. ހުރިހާއެންމެނާ ސަލާންކުރަމުން އައިސް އަންހެންކޮށްކޮ ޝައިހާގެ ކައިރީގައި މަޑުކޮށްލައިގެން ހުރި ކުއްޖަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އޭނާ ހިނިތުންވެލިއެވެ. އަހަރެންވެސް ހިނިތުން ވެލީމެވެ. "ބޭބޭ، މީ އައިޝާ އޭ! ނޭންގުނުތަ؟" ޝައިހާ ސުވާލުކކޮށްލިއެވެ. "އެހެންތަ، އައިޝާ ކިހިނެއްތަ؟" ހިނިތުންވެލަމުން އަހަރެން ސަލާމް ކޮށްލީމެވެ.

މާލެދިޔަ މަގުމަތީގައި ލޯންޗްގައި އިނދެގެން އަހަންނަށް ވިސްނެފެށިއެވެ. އައިޝާ އެއީ ބައްޕަގެ ވަރަށް ގާތް ވިޔަފާރީގެ ބައިވެރިއެއްގެ ދަރިއެކެވެ. ކޮށްކޮމެންނާ އެކު ކިޔަވަންއުޅުނު ކުއްޖެކެވެ. އެންމެ ފަހުން އިނގިރޭސި ވިލާތަށް ބައްޕަ އައިރު ދަރިފުޅު އިންނަން ރަނގަޅުކުއްޖަކު އެބަހުއްޓޭ ބުނުއްވިއެވެ. ބައްޕަގެ ވަރަށްގާތް ރައްޓެއްސެއްގެ ރަނގަޅު ދަރިއެކޭވެސް ބުނުއްވިއެވެ. އޭރު އެއީ ކާކުކަން ނޭންގުނަސް މިހާރު ޝާންއަށް ކޮންމެވެސް ވަރަކަށް ވިސްނެން ފަށައިފިއެވެ. އެހެންނޫންނަމަ އައިޝާ މިއަދު އެއަރ ޕޯރޓަށްގެނައުމުގެ ބޭނުމެއްނެތެވެ. ޝާން އިންނަން ވާނީވެސް އަދި އުޅެންވާނީވެސް ޝާނާއާއި އެއްފެންވަރުގެ ކުދިންނާ ކަމުގައި ބައްޕަ އަބަދުވެސް ބުނުއްވައެވެ. "ބައްޕަގެ ހުރިހާވެސް އެއްޗަކީ ވިޔަފާރިއާއި ފައިސާހެއްޔެވެ" ޝާން ހިތާހިތާ ކިޔާލިއެވެ.

ޖެހިގެންއައި ދުވަހުގެ ހެދުނުގެ ވަގުތެވެ. ޝާން އިނީ ޓެރަސްމަތީގައި ކޮފީތައްޓެއް ބޯށެވެ. ހުކުރުދުވަސްކަމުން މަގުމަތިން މީހަކުފެންނަން ނެތޭބުންޏަސް ދޮގަކަށް ނުވާނެއެވެ. ދަތުރު ވަރުބަލިކަމުން ރޭގަމާ އަވަހަށް ނިދުނީތީވެ އަވަހަށް ހޭލެވުނީ ކަންނޭގެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ މަޑުމައިތިރި ކަމެވެ. ކޮންމެވެސް ބޮޑު ކަމަކާ ވިސްނަމުން ދާހެން ހީވެއެވެ. އެހެން އެތަށް އިރަން ވަނދެން އިނުމަށްފަހު ކޮފީތަށި ހިފައިގެން ތެދުވެގެން ގޮސްގޭތެރައަށް ވަނެވެ. ރީތިވެލައިގެން ނިކުމެ ކާރަށްއަރާ ދުއްވާލިއެވެ. ހީވަނީ އެތައް ޒަމާނެއްވަންދެން މާލޭގެ މިމަގުތަކުގައި ދުއްވާލުމުގެ ފުރުސަތު ނުލިބިވުމުން ފުރަސްތުގެބޭނުން ހިފާލަނީ ހެނެވެ. މަޑުސްޕީޑެއްގައި ކާރުގެ މިސްރާބް ހިފާފައިހުރީ މަޖީދީމަގުން ހެދިގޮނޑުދޮށާ ދިމާލަށެވެ. ޝާންގެ ޚިޔާލުތަށްވަނީ މާދުރަށްގޮސްފައެވެ. ފައިހާގެ ހަނދާންތައް މާލެ އާދެވުމުން ވަކިންބޮޑުވާން ފެށީއެވެ. އެ ރީތި ސޫރަ ޝާންއަށް އުނދަގޫކުރަން ފެށީއެވެ. ހިތްމަޑުން ނޯންނަނީއެވެ.

ލޮނުޒިޔާރަތްކޮޅަށް ކާރު މަޑުކޮށްލުމަށް ފަހު ޝާން ފޭބިއެވެ. ފުން ނޭވާއެއްލުމަށް ފަހު ފާރުބުރި މަތީ އިށީންދެލިއެވެ. މި ހަމަހިމޭން މާހައުލުގައި ޝާން މަޑުމައި ތިރިކަމާއިއެކު އިނެވެ. ނަގަމުން ދިޔަ ބިޔަރާޅުތަކުގެ އަޑު ނޫންއަޑެއް މިތަނަކުން ނީވޭފަދައެވެ. މާހައުލުގައި ހިގަމުން ދާ ކަނަތައްތަކަށް ސަމާލުކަން ދެވޭވަރަށްވުރެ ޝާންގެ ހުތުގައި އުފެދިފައިވާ އުދާސްތައް މާވަރުގަދައެވެ. ހިތްއެދި ގޮވަނީ ފައިހާ އާއި ބައްދަލްވުމަށެވެ. އެރީތި މޫނުދެކޭށެވެ.

"ފައިހާ މިހާރު ކޮބައިބާއެވެ. ވީކޮންތާކުބާއެވެ. ފައިހާ އަހަރެން މަތިން ހަދާން ނައްތާލީ ނޫބާއެވެ. މިހާދުވަސްވީއިރުވެސް ޚަބަރެއްވެސް ނުވީކީއްވެބާއެވެ. އޭނަ އުޅޭނީ މާލޭގަ ބާއެވެ. ނޫންނަމަ ރަށުގަ ބާއެވެ. މިހާރު މީހަކާ އިނދެގެން ދަރިއަކުވެސް ނުލިބޭބާއެވެ. އަހަރެން އޭނަ ހޯދަން މަސައްކަތްކޮށް އޭނަގެ އުފާވެރި ދިރި އުޅުމަށްވަނަން ވެދާނެބާއެވެ. ނޫނެކެވެ. އޭނަވެސް އަހަރެން ބޭނުންވާނެއެވެ. ބުނަން ނުކެރުނަސް ޢަމަލުތަކުން ދޭހަވެއެވެ" މިކަހަލަ ޚިޔާލުތަކެއްގައި ޝާންގެ ވަގުތުތައް ފާއިތުވަމުން ދިޔައެވެ. އެންމެ ފަހުން އޭނާ ނިންމީ ފައިހާގެ ރައްޓެއްސެއް ނަމަވެސް އަތުޖެހޭތޯބަލާށެވެ. ކުލާސްކުއްޖަކު ނަމަވެސް ފެނޭތޯބަލާށެވެ.

ޝާންވިސްނަން ފެށިއެވެ. "ކިހިނެއްމިކަން ކުރާނީ، ފައިހާގެ ޚަބަރެއް އިނގޭނެ ހެން ހީވާކުއްޖެއްގެ ނަންބަރުވެސް އަހރެން އަތުގެ ނެތް، ………………..ޔޭސް!! ނާއީ….ނާއިޝާ ހުއްނާނެ، ނާއިޝާއަށް އިގޭނެ ކަންނޭގެ ފައިހާގެ ޚަބަރެއް" ޝާން ހިތާހިތާ ކިޔާލިއެވެ. ގެޔަށްދިޔުމަށްޓަކައި ކާރަށް އަރާ ދުއްވާލީ ހަވީރު ނާއިޝާމެންގެ ގެޔަށް ދިޔުމަށް އަޒުމު ކަނޑައަޅައި ގެނެނެވެ. ނާއިޝާއަކީ ފައިހާގެ ކުލާސްކުއަޖެކެވެ. ވަރަށް އެކުގެ އުޅުނު ކުއްޖެކެވެ. އެކަމަކު މިހާރު ނާއިޝާ އެގޭގައި އުޅޭނެ ކަމެއްވެސް ނޭންގެއެވެ. މިހާރު އަށްއަހަރު ވީއެވެ. ހާދަހާ ގިނަ ދުވަހެކެވެ. ޝާންގެ ޚިޔާލުތައް ގިނަވާން ފެށިއެވެ.

"ނާއިޝާތަ؟ މަޑުކޮށްލައްވާ" ގޭތެރެއިން ނުކުތް މެދުއުމުރުގެ އަންހެނަކު ޖަވާބު ދިނެވެ. ކުޑައިރުކޮޅެއް ފަހުން ނާއީ ނުކުތެވެ. މިހާރު ކުޑަކޮށް ފަލަވެފައި ހުރުން ފިޔަވާ މާބޮޑު ބަދަލެއް ފާހަގައެއް ނުކުރެވުނެވެ. "ނާއި! ކިހިނެއްތަ؟" ހިނިތުން ވެލަމުން ޝާން އަހާލިއެވެ. "ރަނގަޅު!!!! އެކަމް ނޭންގުނު ކާކުކަމެއް" ނާއި ޖަވާބު ދިނެވެ. "އެހެންތަ؟ އަހަރެން ހަމަ އެހާބަދަލުވީތަ؟………ނާއި، މީ ޝާން އޭ! އެއްކަލަ……….ފައިހާގެ" ޝާނަގެ ވާހަކަ ނުނިމި އުޅެނިކޮށް ނާއި ވާހަކަ ދައްކަންފެށިއެވެ. "އޭ ޝާން…….ވާއު ކިހިނެއްތަ؟ އަހަންނަށް ނޭންގުނީ، ކީއްކުރަންތަ ތިއައީ މިގެއަށް؟ ކޮބާތަ ފައި؟ ޚަބަރެއްވެސް ނުވޭ؟" ނާއިޝާގެ ވާހަކައިން ޝާންގެ ހިތް ތަޅުވާލިއެވެ. "އެހެންތަ؟ އަހަރެންވެސް މިއައީ ފައި ގެ އެއްވެސް ނިއުސް އެއް އެބަ އޮތްތޯ ބަލަން" ޝާންގެ އަޑުގައި ވަނީ މާޔޫސްކަމެވެ. "އޭނަ ރަށަށްގޮސް މެރީކުރި ޚަބަރު ލިބުން، އޭގެ ފަހުން އެއްވެސް ޚަބަރެއް ނުވޭ! މިހާރު ޝާންއާއި ގުޅުމެއްނެތްތަ؟ އަހަރެން ހީކުރީ އަދިވެސް ތިދެމީހުންގެ އެގާތް ރަހުމަތްތެރި ކަމުގެ ގުޅުން އޮންނާނެ ކަމަށް؟" ނާއިގެ ވާހަކަ އަޑުއަހަން އިނދަފަ ޝާން މަޑުމަޑުން ބޯ ޖަހާލިއެވެ. އަދި އޭނާގެ ވާހަކަތަށް ކިޔައިދިނެވެ.

"އިއްޔެ މާލެ މިއައީ. ދެން ކިހިނެއްތަ އަހަރެން ފައި ހޯދާނީ……………………….އޯކޭ ނާއި ކެޑީއޭ….ތޭންކްސް އިނގޭ… ނާއީގެ އެހީތެރިކަމެއް ބާނުންވެދާނެ އަހަންނަށް…ދީ ނަންބަރ، އޭރުންތާ ގުޅޭނީވެސް" "އޯކޭ…………….އެކަމް އެހާގިނައި ނުގުޅައްޗޭ…ފިރިސޮރޮ ހިތްނުތަނަވަސް ވެދާނެ. ހިހީހީހީ….." ނާއީ މަޖާރާގަކަށް ބުނެލިއެވެ. "އޭތް. މެރީޑްތަ. ކޮންގްރެޑްސް، ހީހީހީ. ދިޔައީއޭ އޯކޭ"

އެތައް އިރަކު ޝާން ވިސްނިއެވެ. އެންމެ ފަހުން ފައިހާގެ ރަށަށްވެސް ދާންވީކަމުގައި ހިތަށްއެރިއެވެ. އެކަމަކު ބައްޕަމެން ކައިރީ ކިޔާނީ ކީކޭކަމެއް ޚުދު ޝާން އަކަށްވެސް ނުވިސްނެއެވެ.

ޖެހިގެން އައިދުވަހުގެ ހަވީރުގެ ވަގުތެވެ. ފައިހާ ގެއިން ނުކުތީ ޝާނާގޮވައިގެން ހިނގާލާށެވެ. ޝާނާގެ ކުލާސްކުއްޖަކާއި އެކުއްޖާގެ މަންމަވެސް ފައިހާމެނާ އެކު ދިޔައެވެ. ކުޑަކުދިންގެ ބަގީޗާގައި ވަގުތުތަކެއް ހޭދެކުރުމަށް ފަހު ދެން ހިގައިގަތީ ހެންވޭރު ކޮޅު ޕާކާ ދިމާއަށެވެ. ޖެހެމުން ދިޔަ ހަވީރުގެ ހިތްގައިމު ވައިރޯޅިން އުފާލިބިގަނެ އެހިތްގައިމު މާހައުލުގައި ވަގުތު ހޭދަކުރަމުން ދާމީހުން ވަރަށްވެސް ގިނައެވެ. ޝާނާމެން ޕާރކްތެރޭގައި ކުޅެން ފެށުމުން ފައިހާމެން ގޮޑިއެއްގައި ޖައްސާލިއެވެ. ތަފާތުވާހަކަ ތަކުގައި ވަގުތުތައް ހޭދަވާންފެށިއެވެ.

ޕާކާދިމާ އަނެއްފަރާތުގައި އޮތް ކަޅުކުލައިގެ ކާރުގައި އިން ޝާންގެ ކަޅި އަމާޒުވއފައި ވަނީ ޕާރކްގައި ތިބި ދެއަންހެނުންނަށެވެ. ކަޅިޖަހާނުލައި ޝާން އިނީ ބަލަހައްޓައިގެންނެވެ. "އޭނަ ފައިހާ އާއި ވަރަށްވައްތަރެވެ. އެއީ ހަމަ ފައިހާއެވެ. ޔަޤީނެވެ" ޝާން އިނީ ވަރަށް ފިނިވެފައެވެ.

(ނުނިމޭ)





އަޅުގަނޑުގެ ބްލޮގަށް ކޮމެންޓްކުރައްވާ ބޭފުޅުންގެ ސަމާލުކަމށް

2 08 2010

ކޮމެންޓް ކުރުމުގަ އީ.މެއިލް އެޑްރެސް ޖެހުންއެއީ މަޖުބޫރުކަމެއްނޫންކަމުގައި ދަންނަވަން. ތިޔަ ދެއްވާ އެއްބާރުލުމަށް ޝުކުރިއްޔާ





03 ހިތްއެދި ގޮވަނީ ކަލާއަށެވެ

31 07 2010

.ހިތްއެދި ގޮވަނީ ކަލާއަށެވެ

(ޢަބަދުލް ޖަލީލް ޙުސައިން (ޖައްލޭ

Hiy adi govanee kalaaasheve

(31.07.2010)

ތިންވަނަ ބައި…….29.07.2010 ކާއި ގުޅޭ

ޖެހިގެން އައިދުވަހުގެ ހެނދުނުގެ ވަގުތެވެ. ފައިހާ އިނީ ޝާނާއަށް ކާންދޭށެވެ. މީހަކު ދޮރުގައި ޖަހާލުމުން ފައިހާ ގޮސް ދޮރުހުޅުވައި ލައިފިއެވެ. އެއީ ހަސަން އެވެ. ފައިހާގެ ރަށުމީހެކެވެ. ސްކޫލުދައުރުގެ ރައްޓެއްސެކެވެ. "ކޮބާ ކިހިނެއްތަ ފައީ" ހަސަން އަހާލިއެވެ. "ރަނގަޅޭ" ފައިހާގެ އަޑުގައި ވަނީ ކުރަކި ގޮތެކެވެ. ހަސަން ފެނުމުން ފައިހާ އިފާވިއެވެ. ވަރަށްގިނަ ވާހަކަތަށް ދައްކަން ބޭނުން ވިއެވެ. ރަށުގެ ކަންތައްތައް އޮޅުންފިލުވަން ބޭނުން ވިއެވެ. ނަމަވެސް ފައިހާ އަކަށް މާގިނަ ވާހަކައެއް ނުދެއްކުނެވެ. އޭނާގެހިތް ބިރުގަންނަނީއެވެ. ފަޔާޒު އަތުވައްޖެ ނަމަ ވާނެގޮތް ފައިހާއަށް އެނގެއެވެ. ބިރުން ހުރެހަސަން އެތެރެއަށް ވެއްދިއެވެ.

ހަސަން ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. ދިރިއުޅުމާއި ބެހޭގޮތުން ވާހަކަ ދެއްކިއެވެ. ފައިހާގެ ޖަވާބަކަށްވީ ހުރިހާކަމެއްވެސް ރަނގަޅެވެ. އަހަރެންގެ މަންމަފަދައިން އަހަންނަށް އަޅައިލުންދީ ލޯބިދިން ބޮޑުދައިތަގެ ސަލާމާއި ބޮޑުދައިތަދިން ހަދިޔާތައް ހަވާލުކުރުމަށްފަހު ހަސަން ނިކުތެވެ. ފައިހާކިތަންމެދޭން ބޭނުންވިޔަސް މިއަދު ބޮޑުދައިތައަށް އެއްޗެއްދޭނީ ކިހިނެއްހެއްޔެވެ. ހަދިޔާއެއްގަނެވޭނެ ފަދަވެސް އޭނާގެއަތަކުނެތެވެ. ފަޔާޒްގެ ލާރިން އޭނާގެ އުފަލަށް އެއްޗެއްގަނެފިނަމަ އޭނާގެ ދުވަސްދިޔައީއެވެ. އެއަށްވުރެ ނުކައި ނުބޮއިހުރުންވެސް ފައިހާގެ ހިތަށް މާފަސޭހައެވެ. އަވަސް އަވަހަށް ދޮރު ތަޅުލުމަށްފަހު ފައިހާއައިސް ޝާނާއަށް ކާންދޭން އިށީނެވެ.

މިގޮތުގައި އިރުކޮޅެއްވީތަނާ ފަޔާޒު އަތުވައްޖެއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ. ފައިހާއިނީ ބިރުން ވިރިވިރިއެވެ. ޔަޤީނުންވެސް ފަޔާޒް އެހުރީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައިކަން ފައިހާއަށް އިނގެއެވެ. އަނެއްކާ………ހަސަން މިގެއަށް އައިކަން އެނގުނީބާއެވެ. ފައިހާގެ ހިތްބާރަށް ތެޅެންފެށިއެވެ. "ފައިހާ" ފަޔާޒްގެ އަޑަށް ފައިހާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. "ކޮބާތަ، އަހަރެންގެ ބޫޓް، މިދަނީ ވަރަށް އަވަހަށް މީޓިންގ އަކަށް ދާންވެގެން" ފައިހާ ހައިރާންވިއެވެ. މިފަހަކަށްއައިސް ފަޔާޒް މިގޮތަށް ވާހަކަ ނުދައްކާތާ މިހާރު ކިތަންމެ ދުވަހެކެވެ. "މިހުރީ މިތާންގާ" ފައިހާ ޖަވާބުދެމުން ބޫޓުނެގިއެވެ. އަދި ބޫޓް ފޮހެލައި ޕޮލިސް ކުރަންފެށިއެވެ. ފައިހާ ހުރީ ކުޑަކޮށް ހިތްހަމަޖެހި ފައެވެ. "އެހެންތަ، ކޮންމީޓިން އެއްތައް މިއަދު އޮތީ، ކުރިން ގުޅާލާފަ ބުނިނަމަ އަހަރެން ރެޑީކޮށްލާފަ ބެހެއްޓީމުސް ވިއްޔަ" ފައިހާމަޑުމަޑުން ބުންޏެވެ. "ކޮންހާ ވާހަކައެއް ދައްކާކަށްތަ، އަވަސްކޮށްބަލަ" ފަޔާޒްގެއަޑު ތަންކޮޅެއްބާރު ވިއެވެ. ފައިހާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހިތަށްއެރިއެވެ. "މީނައާ ރަނގަޅަކަށްވެސް އެއްޗެއް ބުނެވޭކަށް ނޯންނާނެއެވެ" އަވަސް ކޮށްލުމަށް ފަހު ބޫޓު ފަޔާޒް އަށް ދިއްކޮށްލިއެވެ.

ފަޔާޒް ދިއުމުން ފައިހާ، ޝާނާ ފެންވަރުވާލިއެވެ. "ދަރިފުޅު ބަސްއަހައިގެން ނިދާލާ، މަންމަ މިވަންނަނީ ފެންވަރަން" ފައިހާ ޝާނާގެ ކައިރީ އޮށޯވެ އޮވެ ބުންޏެވެ. "ނޫން ކޮށްކޮ ނިދީމަ މަންމަ ދާނީ، ކޮށްކޮ ބިރުގަނެ، ……………… މަންމާ ޑެޑީ ކީއްވެތަ ކޮށްކޮއާ ވާހަކަ ނުދައްކަނީ މިހާރު، ކޮށްކޮއަށް ނުވެސްގޮވަ މިހާރަކު، ކުރިން ކޮށްކޮގޮވައިގެން ބުރުޖަހަންވެސް ދާނެ، އެކަމް މިހާރުނުވެސްދޭ، އެއީ ކީއްވެތަ މަންމާ" ޝާނާގެ ކުޑަކުޑަ އަޑުން ފައިހާގެ ހިތްތަޅުވާލިއެވެ. ލޮލުން ފައިބަން ފެށިކަރުނަތައް ފޮރުވަމުން ބުންޏެވެ. "ދަރިފުޅާ ބައްޕަ މިހާރު މާބިޒީއޭ، ގިނަވަގުތު އުޅެން ޖެހެނީ އޮފީސްމަސައްކަތުގަ، އެހެންވީމަ ބުރަވާނެއެއްނު" ފައިހާ ގެ އަޑުގައިވަނީ މޮޅިވެރިކަމެވެ. "އެކަމް ބައްޕަ ކުރިންދެޔޭ" ޝާނާ އަކެއްކާވެސް ފެށިއެވެ. "ހޫނ ދެންހުއްޓާލާ ދަރިފުޅާ، އަވަހަށް ޝަހާދަތްކިޔައިގެން ނިދާލާ، ހަވީރު ސްކޫލަށްވެސް ދާންޖެހޭނެ"

ފެންވަރިގެން ނުކުމެ ފައިހާ ރީތިވާން އިށީނެވެ. ޑްރެސިންގ ޓޭބަލްކައިރީ އިނދެ އޭނާގެ އެރީތި މޫނަށް ބަލާލިއެވެ. އެއުޖާލާ މޫނު މިހާރު ވަނީ މިލާފައެވެ. މޫނުގެ ރީތިކަން ގެއްލެންފަށައިފިއެވެ. އަބަދު ހިތާމައާއި މޮޅިވެރިކަމާއި އަނިޔާގެ ތެރޭގައި އުޅެންޖެހުމުން ފައިހާގެ މުޅިހަށިގަނޑު މިވަނީ ހާލާކުވެފައެވެ. "ފަޔާޒް އަހަރެންދެކެ ރުޅި އަންނަނީ ކީއްވެ ހެއްޔެވެ. އަހރެން ކީއްކުރީ ހެއްޔެވެ. އަބަދުވެސް އޭނާ އަހަންނަށް ކުރަނީ އަނިޔާއެވެ. ދަރިއަކު ލިބުމުން ކޮޑަކޮށް ބަދަލުވިކަމުގައި ވިޔަސް މިހާރު އަނެއްކާވެސް ހަމަ އެގޮތެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ" ފައިހާ ހިތާ ހިތާ ޝަކުވާ ކުރިއެވެ. މަޑުމަޑުން އޭނާ ޚިޔާލުތަކުގެ ދުނިޔެއަކަށް ގެއްލިޖެއެވެ.

ރަށަށް ފޭބުމުންފުރަތަމަވެސް ލިބުނު ޚަބަރަކީ ބައްޕަ ފައިހާގެ ކައިވެނި ހަމަޖެސި ވާހަކައެވެ. ބޮޑުދައިތަ އެވާހަކަ ތަށް ކިޔައިދިނުމުން ފައިހާ ވަގުތުން ދެކޮޅުހެދިއެވެ. އަދި އޭނާގެ އުންމީދުތަކާއި ހުވަފެންތައް ކިޔައިދިނެވެ. ކިޔަވައިގެން މޮޅުޓީޗަރަކަށް ވާންބޭނުންކަމުގައި ބުންޏެވެ. އަދި ކައިވެނި ކުރަން ބޭނުންނޫން ކަމުގައި ކިޔައިދިނެވެ. ޝާން އާއި ފައިހާގެ ގުޅުމުގެ ވާހަކަތައް ކިޔައިދިނެވެ. އަދި ގޮތެއްނިންމަން މާއަވަސް ކަމުގައިވެސް ބުނީމެވެ. ބޮޑުދައިތަވެސް މިކަމާ އެއްބަސްވިއެވެ. ނަމަވެސް ބައްޕަ އަކީ ހަމަ ބައްޕަ އެވެ. ބުނެފި ބަހެއް ދުލެއްނުކުރާނެވެ. ފައިހާއަށްޓަކައި އެވާހަކަތައް ބައްޕަގާތު ކިޔައިދިނުމަށް ބޮޑުދައިތަ އެއްބަސް ވިއެވެ. ނަމަވެސް……… އެތައްފަހަރަކު އެވާހަކަތައް ދެއްކުމުންވެސް ބައްޕަ އެއްބަހެއްނުވިއެވެ. އެންމެ ފަހުން ބައްޕަގެ ރުޅިގަދަވެ މިކައިވެނި ނުކޮށްފި ނަމަ ފައިހާއަށް ދެން އެއްވެސްކަމެއް ނުކޮށްދޭނަންކަމުގައި ބުޏެވެ. ތިޔަ ޝާންއަކަށް ދެން ނުގުޅޭނެކަމަށް ބުނެ ފޯނުވެސްއަތުލިއެވެ. ފައިހާ ރޮއި އާދޭސްކުރިއެވެ. އެތަކެއްދުވަހެއް ހިތާމަކުރިއެވެ. ޝާންއަށް އެވާހަކަތަށް އަންގަންބޭނުންވިއެވެ. ނަމަވެސް މިއަދު ދެން އޭނާއަށް އެކަންކުރުމަކީ މާފަސޭހަކަމެއްނޫނެވެ.

މަންމައަކާއި ނުލައި ފައިހާއަށް ލޯބިދީގެން އަޅާއލައިގެން ބޮޑުކުރި ބައްޕަ އަށްޓަކައި ފައިހާ މިކައިވެނި ކުރަންނިންމި އެވެ. ޝާންމަތިން ހަދާންނައްތާލުމަށް އަޒުމު ކަނޑައެޅިއެވެ. އެކަމަކު އެއީ ނުވާނެ ކަމެއްކަންވެސް ޚުދު އޭނާއަށްވެސް އިނގެއެވެ. ބައްޕަގެ އުންމީދުކަމުގައިވި މިހާއާއި އިނުމަށް ނިންމިއެވެ. އެއީ މާލޭމީހެއްގެ ދަރިއެކެވެ. ފުދޭވަރަކަށް ލާރިހުރި މީހެއްކަމުގައި ބޮޑުދައިތަ ބުންޏެވެ. ނަމަވެސް އޭނާއަކީ އަޚްލާގު މާރަނގަޅުމީހެއްނޫނޭވެސް ބުނާތީއަޑުއިވޭ ކަމުގައި ބޮޑުދައިތަ ބުންޏެވެ. ނަމަވެސް ބައްޕަ ފައިހާއަށް ޓަކައި އެހާ ގޯސްމީހަކު ނުހޯދާނެއެވެ. ބައްޕަ ފައިހާދެކެ ލޯބިވާނެއެވެ. އޭނާއަށް ޓަކައި ބައްޕަ ވަރަށްބޮޑެތި ގުރުބާނީތަކެއް ވިއެވެ. ޚުދު ފައިހާވެސް އެކަން ގަބޫލުކުރިއެވެ. އެންމެ ފަހުން ކައިވެނިކުރުމަށް އެއަބަސްވެވި، ފަޔާޒުމެން މިރަށަށް ފައިހާމެން ބަލާއަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

………………………………………………………………………………………………

"ހީތްރޯ" އެއަރ ޕޯރޓްގައި އިންއިރު ޝާންގެ ހުރިހާ ޚިޔާލުތަކެއްވެސް ވަނީ ރާއްޖޭގައެވެ. ޚުދުޝާންވެސް މިކަމާ ހައިރާންވިއެވެ. އޭނާއަށްފެންނަމުން ދިޔައީ ފައިހާއެވެ. އޭނާއަށް ކުރެވެމުން ދިޔައީ ފައިހާގެ ހަނދާންތަކެވެ. ރާއްޖެއަށް އެއްވެސް ގޮތަކަށް ނުދާތާ ބަރާބަރު ފަސްއަހަރުވީއެވެ. ކޮންމެފަހަރަކުވެސް ރާއްޖެދާންބުނުމުން ބައްޕަ ދެކޮޅުހަދަނީއެވެ. މުޅިއާއިލާ ގޮވައިގެން އަންނަނީ މިކޮޅަށެވެ. ނަމަވެސް މިހާރު ކިޔަވައި ނިމުނީއެވެ. ދެން ބައްޕަވެސް ބޭނުންވަނީ ރާއްޖެގެން ދާށެވެ. އަވަހަށް އައުމަށެވެ.

މަންމައާއި ބައްޕަ އަދި އާއިލާ އާއި އަމިއްލަ ވަޒުނުގައި ބައްދަލުވުމުގެ އުފާވަކިންކުޑައެއްނުވާނެއެވެ. ވަކިން ޚާއްޞަކޮށް ފައިހާ ހޯދުމަށްޓަކައި ކަނޑައަޅާފައިވާ އަޒުމުގައި (ހަގީގީކުލަ ޖެހުމުގެ މަގުތަނަވަސްވާނީ ރާއްޖެދެވުމުންކަން ޚުދު ޝާންއަށްވެސް އެގެއެވެ. (ނުނިމޭ

……………..……………………………………………………………………………








it's me Jalle

މި ބްލޮގްގައި ހިމެނޭނީ އަޅުގަނޑުގެ ލިޔުންތައް

%d bloggers like this: